N/A
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަންކަމަށް، މ. ކޮތަންމާގެ، މުޙައްމަދު ޙުސައިން ޝަރީފް، މިނިސްޓަރުންގެ ފެންވަރުގައި ޢައްޔަންކުރައްވައިފިއެވެ. މި ޢައްޔަންކުރެއްވުން އިޢުލާންކޮށްފައިވަނީ މިއަދު ރައީސް އޮފީހުން ނެރުނު ބަޔާނެއްގައެވެ.
މުޙައްމަދު ޙުސައިން ޝަރީފަކީ ސިޔާސީ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމާއި ރާއްޖޭން ބޭރު ޤައުމުތަކަށް ސަފީރުކަން ފުރުއްވި ބޭފުޅެކެވެ. ސަރުކާރުގެ ތަރުޖަމާނުކަމުގެ ދާއިރާގައި ވެސް ކުރިން ތަޖުރިބާ ހޯދާފައިވާ ބޭފުޅެކެވެ.
ތަފްޞީލަށް ބެލިޔަސް، 2005 ން 2007 ށް ޗީފް ގަވަރންމަންޓް ސްޕޯކްސްމަންކަން ފުރުއްވިއެވެ. ދެން 2007 ން 2008 ށް ޕްރެޒިޑެންޝަލް ސްޕޯކްސްޕާސަންކަން ވެސް ކުރެއްވިއެވެ. ރައީސް އޮފީހުގެ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންސް ޔުނިޓް ހިންގުމުގައި ވެސް އިސް ދައުރެއް އަދާ ކުރެއްވިއެވެ. ތަރުޖަމާނު ކަމުގެ މަޤާމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، އެންމެ ފަހުން ހުންނެވީ ޔޫއޭއީ ސަފީރުކަމުގެ މަޤާމުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް