ކުއްލި ޚަބަރު: ޑިފެންސް މިނިސްޓަރ ކަމަށް ހަސަން ރަޝީދު ޢައްޔަންކުރައްވައިފި

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޙަސަން ރަޝީދު މިރޭ ޢައްޔަންކުރައްވައިފިއެވެ. ވަޒީރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު ކުރިއ...

15 Apr 2026 | 16:21
N/A

N/A

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޙަސަން ރަޝީދު މިރޭ ޢައްޔަންކުރައްވައިފިއެވެ.

ވަޒީރަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށް ދިޔައީ، މިރޭ އިރާކޮޅު ރައީސް އޮފީހުގައެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްއެވެ.

ހުވައި ކުރެއްވުމަށްފަހު، ހުވައިގެ އިޤްރާރުގައިވެސް ޙަސަން ވަނީ ސޮއިކުރައްވައިފައެވެ.

ދިފާއު ވުޒާރާ ހުސްވެފައި ހިނދުން، ރޭ ކެބިނެޓް ރީޝަފަލްކޮށް ވަޒީރުންގެ ފަތުހި ކުޑަ ކުރި ވަގުތިން ފެށިގެންނެވެ. ދިފާއުގެ ކުރީގެ ވަޒީރު ޣައްސާން މައުމޫން ހިމެނޭ ގޮތަށް 10 ވަޒީރަކު ވަނީ ވަޒީފާ ދޫކޮށްލައިފައެވެ. ނަމަވެސް ދިފާއި ހިންގެވުން ހަވާލު ކުރި ފަރާތެއް ރޭ ހާމަ ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް