N/A
ޕެންޑެމިކް ފަންޑުގެ އެހީގައި ރާއްޖޭގެ ލެބޯޓަރީ ނިޒާމު ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައި، 20 އަތޮޅުގެ ލެބޯޓަރީތައް އައިއެސްއޯ 15189:2022 އެކްރެޑިޓޭޝަން ހާސިލުކުރުމުގެ އަމާޒުގައި ކުރިއަށްދާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.
މި ޕްރޮގްރާމުގެ ފުރަތަމަ ފޭސް ކަމުގައިވާ ގެޕް އެސެސްމެންޓާއި ވޯކް ޕްލޭން ތައްޔާރުކުރުމުގެ މަރުހަލާ ޑިސެންބަރު 2025 ގައި ވަނީ ކާމިޔާބުކަމާ އެކު ނިންމައިލައިފައެވެ. ހެލްތު ވުޒާރާގެ ކޮލިޓީ ކޮމިޝަނަރު ތަސްލީމާ ޢުޘްމާންގެ އިސް ނެންގެވުމުގެ ދަށުން ކުރިއަށް ގެންދިޔަ މި ފޭސްގައި މުޅި ރާއްޖޭގެ ލެބޯޓަރީތަކުގެ ޙާލަތު ދެނެގަތުމަށް ފީލްޑް ވިޒިޓްތައް ކުރިއެވެ.
2026 ވަނަ އަހަރުގެ ކުރީކޮޅު ފެށި ދެ ވަނަ ފޭސްގައި މިހާތަނަށް 200 އަށް ވުރެ ގިނަ ލެބް ޕްރޮފެޝަނަލުންނަށް ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް (ކިއުއެމްއެސް) ތަމްރީނު ދީ ނިމިފައިވެއެވެ. މި ތަމްރީނުގައި ސްޓެންޑަޑައިޒްޑް ޕްރޮސީޖާތައް ތަންފީޒުކުރުމާއި ރިސްކް މެނޭޖްމަންޓް ދުވަހީ މަސައްކަތުގެ ތެރެއަށް ވެއްދުމާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވެއެވެ.
މިހާރު މި ޕްރޮގްރާމު ދަނީ އެކްސްޓާނަލް ކޮލިޓީ އެޝުއަރެންސް ސިސްޓަމްސް (އީކިއުއޭއެސް) ގެ މަރުހަލާ އަށް ބަދަލުވަމުންނެވެ. މި މަރުހަލާގައި ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ލެބޯޓަރީތަކުގެ މަސައްކަތުގެ ފެންވަރު މިނިވަން ގޮތެއްގައި ވަޒަންކުރެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް