މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަޤާމަށް އަޙްމަދު ޝިޔާމް ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަޤާމަށް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ޝިޔާމް ޢައްޔަންކ...

15 Apr 2026 | 06:01
ވަޒީރު ކަމަށް ޝިޔާމް އައްޔަނު ކުރެއްވުން /ފޮޓޯ: ރައީސް އޮފީސް

ވަޒީރު ކަމަށް ޝިޔާމް އައްޔަނު ކުރެއްވުން /ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސްގެ މަޤާމަށް އަޙްމަދު ޝިޔާމް މިއަދު ޢައްޔަންކުރައްވައިފިއެވެ.

މި މަޤާމަށް ޝިޔާމް ޢައްޔަންކުރައްވައި، މަޤާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި އަޙްމަދު ޝިޔާމަށް ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުالله ޙަމީދުއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ޝިޔާމް ވަނީ ސޮއިކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް