N/A
މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި 50،000 ރުފިޔާ ލިބޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ މެސެޖަކީ ސައްޙަ ނޫން ސްކޭމެއް ކަމަށް ގާސިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުރިހާ ބަލިކަށި ހައުސްހޯލްޑްތަކަށް އެ ފައިސާ ލިބޭ ފުރުސަތެއް ކަމަށް ބުނެ ވަޓްސްއެޕް ގުރޫޕުތަކާއި ސޯޝަލް މީޑިއާގެ ބައެއް މަންސަތަކުގައި، އެމަނިކުފާނުގެ އޭއައި ފޮޓޯއަކާއި ސުވާލު ލިންކަކާ އެކު ފަތުރަމުންދާ މެސެޖަކީ އެމަނިކުފާނާ އެއްވެސް ގުޅުމެއް ނެތް ސައްޙަ ނޫން މުއާމަލާތެއް ކަމަށެވެ.
ގާސިމް ވިދާޅުވީ މިފަދަ ސްކޭމުތަކުގެ ސަބަބުން އެތައް ބައެއްގެ ވަގުތު ބޭކާރުވެ، އެތައް ބަޔަކަށް ދެރަ ނިކަމެތި ގޮތް ދިމާވަމުންދާ ކަމަށާއި، ރައްޔިތުން މިފަދަ ކަންކަމަށް ސަމާލުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް