ތޫނު އެއްޗަކުން މާރާމާރީ ހިންގި މީހަކު ހަތް އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަހަމުކޮށްލި މައްސަލައިގައި ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤުގެ މައްޗަށް ކްރިމިނަލް ކޯޓުން ހު...

15 Mar 2026 | 07:52
ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤު - ފޮޓޯ: ޕޮލިސް

ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤު - ފޮޓޯ: ޕޮލިސް

މާލޭ ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުގައި ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދީ ޒަހަމުކޮށްލި މައްސަލައިގައި ގދ. ގައްދޫ، ޖަނބުރީޒްގަސްދޮށުގެ، މުޙައްމަދު ޝަފީޤުގެ މައްޗަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މާރާމާރީ ހިނގާފައިވަނީ 2023 ފެބުރުވަރީ 14 ވަނަ ދުވަހުގެ 15:30 އެހައިކަންހާއިރުއެވެ. މުޙައްމަދު ޝަފީޤުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 17/2010) ގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގައެވެ.

ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމުން، އެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ދައުވާ ހުށަހަޅާފައެވެ. މުޙައްމަދު ޝަފީޤު އިބްތިދާއީ އަޑުއެހުމުގައި ދައުވާއަށް އިންކާރުކޮށް، ހާދިސާ ހިނގި ތަނުގައި ނުހުންނާނެ ކަމަށް ބުނެ ދިފާއުގައި ހެކި ހުށަހެޅިއެވެ. ނަމަވެސް ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި ދައުވާއަށް ވަނީ އިއުތިރާފުވެފައެވެ.

2026 މާރިޗު 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި، ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގި ކުށް މުޙައްމަދު ޝަފީޤުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި، 7 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފައެވެ. ހުކުމުގެ ކުރިން ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒުކުރަންޖެހޭ މުއްދަތަކީ 4 އަހަރު ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް