ރޯދަމަހު ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9 އިން މެންދުރުފަހު 1 އަށް

ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު ނުވަޔަކުން މެންދުރުފަހު އެކަކަށް ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ ކުރިންވެސް ހަމަޖައްސާފައިވާގޮތަށް، މި އަހަރުގެ ރަމަޟާނ...

15 Feb 2026 | 08:29
ފޮޓޯ: ސަން

ފޮޓޯ: ސަން

ރޯދަމަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު ނުވަޔަކުން މެންދުރުފަހު އެކަކަށް ކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކުރިންވެސް ހަމަޖައްސާފައިވާގޮތަށް، މި އަހަރުގެ ރަމަޟާން މަހުގެ ދުވަސްތަކާއި، ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށެވެ.

ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ހަމަޖައްސައި، އެކަމާބެހޭ ދެންނެވުމެއް ރައީސް އޮފީހުން ނެރެފައި ވަނީ 2022 މާރިޗު ހައެއް ގައެވެ.

މީލާދީ ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށެނީ މި މަހުގެ 16 ބުދަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް