ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ބްރައިޓް މައިންޑްސްގެ ވެރިޔާ ހައްޔަރުކޮށްފި

ސުކޫލު ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ޙިދުމަތް ދޭ "ބްރައިޓް މައިންޑްސް" ގެ ވެރިޔާ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ބ...

15 Feb 2026 | 07:06
N/A

N/A

ސުކޫލު ކުދިންނަށް އޮންލައިންކޮށް ޓިއުޝަންގެ ޙިދުމަތް ދޭ "ބްރައިޓް

މައިންޑްސް" ގެ ވެރިޔާ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ

މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލަ އާ ގުޅިގެން މިދިޔަ ބުދަ ދުވަހު

ހައްޔަރުކޮށްފައިވަނީ ހުޅުމާލެ، ޚައިތަރު، 27 އަހަރުގެ އަލީ އަފްލަހު އެވެ.      

އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް

ކޯޓަށް ހާޒިރުކުރުމުން، ޝަރީޢަތް ނިމެންދެން ނުވަތަ ތަހުޤީގު މަރުހަލާގައި 30

ދުވަހުގެ މުއްދަތައް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ދުވަސް އަށް މަޢުލޫމާތު

ލިބިފައިވާ ގޮތުގައި، ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޑެޓްގެ

ވެރިޔާ އަދި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރި އަފްލަހު ހައްޔަރުކުރީ ރާއްޖެއިން

ބޭރުގައި ފިލައިގެން ގިނަ ދުވަސްތަކެއް ވަންދެން އުޅުމަށްފަހު، އިންޑިއާގެ

މުމްބާއީން ފްލައިޓެއްގައި އެނބުރި ރާއްޖެ އައުމުން އެއާޕޯޓުންނެވެ.

އަފްލަހުގެ މައްޗަށް ތުހުމަތު ކުރެވެނީ ދަރިވަރަކަށް ގިނަ ދުވަސްތަކެއް

ވަންދެން ޖިންސީ ގޯނާކޮށް، ގްރޫމްކުރި ކަމަށެވެ. މި މައްސަލާގައި އަނިޔާ ލިބުނު

ކަމަށް ބުނާ ކުއްޖާ މިހާރު ވަނީ ފުލުހުންނަށް ބަޔާން ދީފައެވެ. މި ހާދިސާގެ ތަހުޤީގު

ފުލުހުން ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.

މީގެ އިތުރުން، ބްރައިޓް މައިންޑްސް އެޑިއުކޭޝަން ޕްރައިވެޓް ލިމިޑެޓުގެ

ހިއްސާ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އަފްލަހުގެ ބޭބެ އާއި ބޭބެގެ

އަނބިމީހާގެ ނަމަށް ބަދަލުކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް