ތައިލޭންޑްގައި ރޭލެއްގެ މައްޗަށް ކެރޭނެއް ވެއްޓި މަރުވި އަދަދު 32 އަށް

ސިކިއޯ ޑިސްޓްރިކްޓް، ތައިލޭންޑް، 14 ޖަނަވަރީ (ދުވަސް) – ތައިލޭންޑުގައި ދުއްވާފައި ދިޔަ ރޭލެއްގެ މައްޗަށް ކެރޭނެއް ވެއްޓި ހިނގި ހާދިސާއެއްގައި 32 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ. ރާއްޖޭ ގަ...

15 Jan 2026 | 00:37
މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ - ފޮޓޯ: ތައިރަތު މީޑިއާ

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓްތައް ބުނޭ - ފޮޓޯ: ތައިރަތު މީޑިއާ

ސިކިއޯ ޑިސްޓްރިކްޓް، ތައިލޭންޑް، 14 ޖަނަވަރީ (ދުވަސް)

– ތައިލޭންޑުގައި ދުއްވާފައި ދިޔަ ރޭލެއްގެ މައްޗަށް ކެރޭނެއް ވެއްޓި ހިނގި

ހާދިސާއެއްގައި 32 މީހަކު މަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

ރާއްޖޭ ގަޑީން ބަލަނީނަމަ މި ހާދިސާ ހިނގާފައިވަނީ

އިއްޔެ ހެނދުނު 07:00 ހާއިރުގައެވެ.

އެ ރޭލަކީ 200 އަށްވުރެ ފަސިންޖަރުންނާއެކު ތައިލޭންޑްގެ

ވެރިރަށް ބެންކޮކުން އެ ޤައުމުގެ އިރު އުތުރު އުބޯން ރަޗަތާނީ ޕްރޮވިންސަށް ދަތުރުކުރަމުންދިޔަ

ރޭލެކެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ބާރު ސްޕީޑްގައި ދަތުރުކުރަމުންދިޔަ

އެ ރޭލުގެ މައްޗަށް ކެރޭނެއް ވެއްޓުނީ ރޭލު ދަތުރުކުރަމުންދިޔަ މަންޒިލާ ދެމެދުގައިވާ

ސިކިއޯ ޑިސްޓްރިކްޓްގެ ތެރެއިންނެވެ.

ވެއްޓުނު އެ ކެރޭނަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް

އިނީޝިއޭޓިވްގެ ދަށުން ޗައިނާއާއި ތައިލޭންޑް ގުޅުވާލަދޭ ރެއިލްވޭގެ ކޮންސްޓްރަކްޝަން

މަސައްކަތްތައް ކުރަމުންދިޔަ ކެރޭނެކެވެ.

ހާދިސާގައި މަރުވި މީހުންގެ އަދަދު 32 އަށް އަރާފައިވާއިރު

ޒަޚަމްވި މީހުންގެ އަދަދު އުޅެނީ 80 އިން މަތީގައެވެ.

ރޭލުގެ ބައެއް ބައިތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް

ސަލާމަތީ ޚިދުމަތްތަކުން އަދިވެސް ކުރަމުން އަންނައިރު މަރުވި މީހުންގެ އަދަދު އަދިވެސް

އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމުގައި މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް