ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
އިންސާނުންގެ ގުނަވަން ބަދަލު ކުރުމުގެ ބިލް އަލުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލް ފާސް ކުރީ 59 މެންބަރުންގެ ވޯޓުންނެވެ. މިއީ މި ބިލު ފާސްކުރަން މަޖިލީހުގައި ވޯޓަށް އެހި ދެވަނަ ފަހަރެވެ.
މިދިޔަ މެއި މަހު މި ބިލު މަޖިލީހުން ފާސް ކުރުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ނުކުރައްވާ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވާފައި އެވެ. މައިގަނޑު ސަބަބަކީ ބިލުގައި ވާގޮތުން ގައިދީންނަށްވެސް ގުނަވަން ބަދަލު ކުރުމުގެ ހުއްދަ ދެވޭތީ އެވެ.
މަޖިލީހުން ދިރާސާ ކުރުމަށް ފަހު މިހާރު ގެނެސްފައިވާ އިސްލާހުގައި ވާގޮތުން ގުނަވަން ހަދިޔާ ކުރާ މީހުންގެ ޝަރުތުގެ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި މީހެއް ކަމުގައި ނުވުމާއި، ކުށުގެ ތުހުމަތެއްގައި ނުވަތަ ޝަރުޢީ ހުކުމެއް ތަންފީީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
މީގެއިތުރުން ބިލުގައި ކަނޑައަޅާފައިވާ ބައެއް އަދަބުތަކަށް ވެސް ބަދަލު ގެނެސްފައިވެ އެވެ. އެގޮތުން އެ ގާނޫނުގެ ދަށުން ކުށެއް ކަމަށް ކަނޑައަޅާފައިވާ ކަމެއް ކޮށްފި މީހަކަށް އަދަބެއްގެ ގޮތުން އިސްލާމީ ޝަރީއަތުގައިވާ ގޮތުގެ މަތިން ގިސޯސް ހިފިދާނެ ކަމަށް ބަޔާންކުރެ އެވެ. އަދި ގިސޯސް މާފުކުރާ ހާލަތުގައި ދިޔައެއް ނަގައިދިނުމާ އެކު 250،000 ރުފިޔާ އާއި 500،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް 18 މަހާއި 24 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލެވިދާނެ ކަމަށް ބަޔާންކުރެ އެވެ.
ކޮމިޓީން މިހާރު ވަނީ އަދަބުގެ ތެރެއިން ގިސޯސް ހިފުމާއި ދިޔަ އުނިކޮށްފަ އެވެ. މިހާރު އަދަބަކަށް އޮތީ ޖޫރިަމަނާ އާއި ޖަލު އަދެބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް