އެޗްޑިސީއިން މީޑިއާ ވިލެޖު މި މަހުގެ ނިޔަލަށް ނިންމާލަނީ

މީޑިއާ ވިލެޖުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފާފައިވާކަމުގައި އެޗްޑީސީއިން ބުނެފިއެެ. އެގޮތުން އެޗްޑީސީއިން މިއަދު ބުނެފައިވަނީ މެންހެޓަން ގްރޭންޑް ހޮޓަލުގެ ގްރައުންޑް ފްލޯގައި ތަރ...

14 Jul 2026 | 07:24
N/A

N/A

މީޑިއާ ވިލެޖުގެ މަސައްކަތް މި މަހުގެ ނިޔަލަށް ނިންމަން އަމާޒު ހިފާފައިވާކަމުގައި އެޗްޑީސީއިން ބުނެފިއެެ.

އެގޮތުން އެޗްޑީސީއިން މިއަދު ބުނެފައިވަނީ މެންހެޓަން ގްރޭންޑް ހޮޓަލުގެ ގްރައުންޑް ފްލޯގައި ތަރައްގީކުރާ މީޑިއާ ވިލެޖުގެ ފިނިޝިންގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށާއި، މި މަހުގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލުމަށް އަމާޒުހިފާފައިވާ ކަމަށެވެ.

ހުޅުމާލޭގައި ކުރިން ބޭނުންނުކުރެވި ހުރި ސިޓީ ހޮޓާ އިމާރާތް ފަސްތަރީގެ ހޮޓަލަކަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން، "މެންހެޓަން ގްރޭންޑް" ގެ ނަމުގައި ތަރައްގީކުރާ މި ހޮޓަލުގައި، މީޑިއާ ވިލެޖާއެކު ހެރިޓޭޖް ކޮލެޖާއި، މެޑިކަލް ކޮލެޖާއި، ޔޫތު ސެންޓަރެއް ވެސް ހިމެނޭ ގޮތަށް ދޫކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް