ހިމަބިހި ކޮންޓްރޯލް ނުވޭ، މިދިޔަ ހަފްތާގައިވެސް 23 މީހުންނަށް ބަލި ޖެހުނު!

ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 144 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ. އެ އިދާރާއިން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހ...

14 Jul 2026 | 06:47
ހިމަބިހިން ރައްކާތެރިވުމަށް އިލްތިމާސް ކުރޭ --

ހިމަބިހިން ރައްކާތެރިވުމަށް އިލްތިމާސް ކުރޭ --

ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު 144 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެ އިދާރާއިން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ ހަފުތާގައި އެކަނިވެސް ހިމަބިހީގެ 23 ކޭސް ފެނިފައިވެ އެވެ. އެއީ ހަމައެކަނި މާލެ ސަރަހައްދުން ބަލި ޖެހުނު މީހުންނެވެ.

މިދުވަސްވަރު ހިމަބިހި އެންމެ ގިނައިން ޖެހެމުންދަނީ އުމުރުން 15 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި މިހާތަނަށް ބަލި ޖެހުނީ ހަތަރު ކުޑަކުދިންނަށެވެ.

އިއްޔެ ވަނީ ހިމަބިހި ޖެހިގެން ފަރުވާ ހޯދަމުން ދިޔަ މީހަކު މަރުވެފައި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަށް ހިމަބިހި ޖެހުނީ ސިއްހީ އެހެން މައްސަލައެއްގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވަ އެވެ.

ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ދިނުމުގެ ޚާއްޞަ ޕްރޮގްރާމެއް ފަށާފައިވާއިރު މިހާތަނަށް 7100 މީހަކަށް އެމްއާރު ވެކްސިން ދީފައިވާ ކަމަށް އެޗުޕީއޭ އިން ބުނެފައިވެއެވެ. މާލެ ސަރަހައްދުގައި ވެކްސިން ދެމުން ގެންދަނީ އާބަން ޕްރައިމަރީ ހެލްތު ކެއާ (ޔޫޕީއެޗްސީ)، ހުޅުމާލެ ހޮސްޕިޓަލް ސެނެހިޔާ އަދި ވިލިމާލެ ހޮސްޕިޓަލުގައެވެ.

އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފައި އެވެ.

ރާއްޖެއިން ހިމަބިހި ނައްތާލީ 2017 ވަނަ އަހަރުއެވެ. އޭގެ ފަހުން ވެސް ރާއްޖޭގައި އުޅޭ ބިދޭސީންގެ ގައިން އެ ބަލި ފެނިފައިވީ ނަމަވެސް މި ފަހަރު ހާލަތު ގޯސްވީ ދިވެހިންގެ ތެރޭގައި ބަލި އިތުރުވާން ފެށުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް