ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިމެނޭ މައްސަލައެއްގައި ހައްޔަރުކުރި އަންހެނަކު އެދުނީ ކުށުގެ ރެކޯޑު ނެތަތީ ބަންދަށް ލުއި ދިނުމަށް

ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހދ. ނޮޅިވަރަންފަރު، މާޅެންދޫގެ، ފާޠިމަތު ނިލްފާ ޢަބްދުﷲ ޝިޔާމް (28އ) ގެ ބަންދަށް ކްރ...

14 Jun 2026 | 06:23
N/A

N/A

ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ހދ. ނޮޅިވަރަންފަރު، މާޅެންދޫގެ، ފާޠިމަތު ނިލްފާ ޢަބްދުﷲ ޝިޔާމް (28އ) ގެ ބަންދަށް ކްރިމިނަލް ކޯޓުން 20 ދުވަސް ޖަހައިފައިވާ ކަން ބަންދު އަމުރުން އެނގިއްޖެއެވެ.

ބަންދު އަމުރުގައިވާ ގޮތުން ނިލްފާ ހައްޔަރުކުރީ ކޮޓަރިއެއް ބަލައި ފާސްކުރުމުގެ ތެރެއިންނެވެ. އެ އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. ނިލްފާގެ ޔުރިން ޓެސްޓް ކެނެބިސަށް ޕޮޒިޓިވް ވެފައިވެއެވެ.

ބަންދު އަމުރުގައިވާ ގޮތުން ނިލްފާ ބުނެފައިވަނީ ކުށުގެ ރެކޯޑެއް ނެތް މީހަކަށް ވާތީ ބަންދަށް ލުއި ދިނުމަށެވެ. ނަމަވެސް ކޯޓުން ނިންމީ، ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީ 20 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބެހެއްޓުމަށެވެ.

ނިލްފާގެ ބަންދުގެ މުއްދަތު ފެށީ ޖޫން 13 ވަނަ ދުވަހުއެވެ. ބަންދުގެ މުއްދަތު ހަމަވާނީ ޖުލައި ތިން ވަނަ ދުވަހުއެވެ. މި މައްސަލައިގައި ހެކީގެ ގޮތުގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ފެނިފައިވާ ތަކެތީގެ ފޮޓޯ ރިޕޯޓާއި، މަސްތުވާތަކެތީގެ ތަޙުލީލް ރިޕޯޓް ހުށަހަޅާފައިވެއެވެ.

މި މައްސަލައިގެ ބަންދު އަމުރު ނެރުއްވީ ޤާޟީ މުޒައިމިލް ނާޞިރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް