ގެއްލުނު ގޮނޑިއަށް ކުރިމަތިލައްވަން ސިނާން ނިންމަވައިފި

އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި ވާދަކުރައްވަން، ސ. ހިތަދޫ ހުޅުދޫއާގެ މުޙައްމަދު ސ...

14 Apr 2026 | 17:42
ކުރީގެ މެންބަރު ސިނާން - ފޮޓޯ: މަޖިލިސް

ކުރީގެ މެންބަރު ސިނާން - ފޮޓޯ: މަޖިލިސް

އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނާ ގުޅިގެން ބާއްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީގައި ވާދަކުރައްވަން، ސ. ހިތަދޫ ހުޅުދޫއާގެ މުޙައްމަދު ސިނާން ނިންމަވައިފިއެވެ.

ސިނާން ވަނީ މި ނިންމެވުން އިޢުލާންކުރައްވައި، ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ ހުރިހާ މެންބަރުންގެ ތާއީދާއި އެއްބާރުލެއްވުމަށް އެދިވަޑައިގެންފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސިނާންގެ ގޮނޑި ސުޕްރީމް ކޯޓުން ބާޠިލުކުރުމުންނެވެ. ސިނާންގެ ގޮނޑި ގެއްލުނީ މޯލްޑިވްސް އިސްލާމިކް ބޭންކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރާ އެއްގޮތަށް މަހުން މަހަށް ނުދައްކައިގެންނެވެ. ޤާނޫނުއަސާސީ ބުނާ ގޮތުން، ކޯޓު ޙުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެއެވެ.

ސިނާން އެ ގޮނޑި ކާމިޔާބުކުރެއްވީ 2024 ވަނަ އަހަރުގެ މަޖިލީހުގެ އިންތިޚާބުގައި، ކުރީގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ބަލިކުރައްވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް