އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ވުޒާރާގެ ވަޒީރު ކަމަށް މުޙައްމަދު ސަޢީދު އައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަޤާމަށް މުޙައްމަދު ސަޢީދު މިއަދު އައްޔަނުކުރައްވައިފިއެވެ. މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމ...

14 Apr 2026 | 16:01
ވަޒީރު ސައީދު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ވަޒީރު ސައީދު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ މަޤާމަށް މުޙައްމަދު ސަޢީދު މިއަދު އައްޔަނުކުރައްވައިފިއެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި މުޙައްމަދު ސަޢީދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

މުޙައްމަދު ސަޢީދަކީ މި ސަރުކާރު ފެށުނީއްސުރެ އިކޮނޮމިކް ޑިވެލޮޕްމަންޓް ވުޒާރާގެ ވަޒީރެވެ. ރައީސް ޔާމީނުގެ ސަރުކާރުގައި ވެސް އިކޮނޮމިކް ޑިވެލޮޕްމަންޓް ވުޒާރާގެ ވަޒީރުކަން ކުރައްވައިފައިވެއެވެ.

މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް