ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ވުޒާރާގެ ވަޒީރު ކަމަށް ޢަލީ އިޙްސާން އައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢަލީ އިޙްސާން މިއަދު އައްޔަނުކުރައްވައިފިއެވެ. މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި...

14 Apr 2026 | 15:55
ވަޒީރު އަލީ އިހުސާން ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ވަޒީރު އަލީ އިހުސާން ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ މަޤާމަށް ޢަލީ އިޙްސާން މިއަދު އައްޔަނުކުރައްވައިފިއެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ޢަލީ އިޙްސާން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

ޢަލީ އިޙްސާން ވަނީ މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާގެ ވަޒީރުކަން ކުރައްވައިފައެވެ. ކެބިނެޓް ބަދަލުތަކާ ގުޅިގެން ކުރީގެ ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ވުޒާރާގެ ދާއިރާގައި ހިމެނުނު ލޭބަރ ބައި ވަނީ ހޯމްލޭންޑް ވުޒާރާގެ ދަށަށް ގެންނަވައިފައެވެ.

މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް