ވަޒީރު މޫސާ ޒަމީރު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ މަޤާމަށް މޫސާ ޒަމީރު މިއަދު އައްޔަނުކުރައްވައިފިއެވެ.
މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި މޫސާ ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.
މޫސާ ޒަމީރު ވަނީ މި ސަރުކާރުގެ ފުރަތަމަ ފޮރިން މިނިސްޓަރުގެ ގޮތުގައި ޚިދުމަތް ކުރެއްވުމަށް ފަހު، 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ފިނޭންސް ވުޒާރާއާ ހަވާލުވެވަޑައިގެންފައެވެ. ކެބިނެޓް ބަދަލުތަކާ ގުޅިގެން ވުޒާރާގެ ނަން ވަނީ ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް ވުޒާރާގެ ނަމަށް ބަދަލުކުރައްވައިފައެވެ.
މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް