ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ވުޒާރާގެ ވަޒީރު ކަމަށް މުޙައްމަދު އަމީން އައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމަށް މުޙައްމަދު އަމީން މިއަދު އައްޔަނުކުރައްވައިފިއެވެ. މުޙައްމަދު އަމީން އައްޔަނުކުރެއްވީ ކުރީގެ ޓޫރިޒަމް އެންޑް...

14 Apr 2026 | 15:49
ވަޒީރު އަމީން ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ވަޒީރު އަމީން ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމަށް މުޙައްމަދު އަމީން މިއަދު އައްޔަނުކުރައްވައިފިއެވެ.

މުޙައްމަދު އަމީން އައްޔަނުކުރެއްވީ ކުރީގެ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމް މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި މުޙައްމަދު އަމީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

ކެބިނެޓް ބަދަލުތަކުގެ ތެރެއިން ކުރިން އެއް ވުޒާރާއެއްގެ ދަށުގައި ހިމެނުނު ޓޫރިޒަމާއި އެންވަޔަރަންމަންޓް ވަނީ ވަކިކުރައްވައި، ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ވުޒާރާގެ ނަމުގައި ވަކި ވުޒާރާއެއް އުފައްދަވައިފައެވެ.

މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް