N/A
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރުގެ އައު ކެބިނެޓް އެކުލަވައިލައްވައިފިއެވެ.
އައު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް އައު ވަޒީރުންގެ ތެރޭގައި، ފޮރިން އެފެއާޒް ވުޒާރާއަށް އިރުތިޝާމް އާދަމް، ހެލްތު ފެމިލީ އެންޑް ވެލްފެއަރ ވުޒާރާއަށް ގީލާ އަލީ، އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ވުޒާރާއަށް ހީނާ ވަލީދު އަދި އެންވަޔަރަންމަންޓް، ކްލައިމަޓް ޗޭންޖް ވުޒާރާއަށް އަލީ ޝަރީފް ހިމެނިވަޑައިގަންނަވައެވެ.
އައު ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންނަކީ، ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ވުޒާރާއަށް މޫސާ ޒަމީރު، ހޯމްލޭންޑް، ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ވުޒާރާއަށް އަލީ އިހުސާން، ފޮރިން އެފެއާޒް ވުޒާރާއަށް އިރުތިޝާމް އާދަމް، އެޑިއުކޭޝަން، ހަޔަރ އެޑިއުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ވުޒާރާއަށް ޑރ. އިސްމާއިލް ޝަފީޢު، ހެލްތު ފެމިލީ އެންޑް ވެލްފެއަރ ވުޒާރާއަށް ގީލާ އަލީ، އިކޮނޮމިކް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް ވުޒާރާއަށް މުޙައްމަދު ސައީދު، އިސްލާމިކް އެފެއާސް އެންޑް އެންޑޯމަންޓް ވުޒާރާއަށް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު، ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން ވުޒާރާއަށް މުހައްމަދު އަމީން، ޔޫތު އެމްޕަވަމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ވުޒާރާއަށް ޢަބްދުﷲ ރާފިއު، އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ވުޒާރާއަށް ހީނާ ވަލީދު، އިންފްރާސްޓްރަކްޗަރ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓް ވުޒާރާއަށް ޢަބްދުﷲ މުއްތަލިބް އަދި އެންވަޔަރަންމަންޓް، ކްލައިމަޓް ޗޭންޖް ވުޒާރާއަށް އަލީ ޝަރީފެވެ.
މިއަދު 10 ވަޒީރަކު ވަނީ މަޤާމުން އިސްތިއުފާ ދެއްވައިފައެވެ. އިސްތިއުފާ ދެއްވި ވަޒީރުންގެ ތެރެއިން މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އާއި މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އާއި މިނިސްޓަރު ހައިދަރު އަދި މިނިސްޓަރު އާދަމް ނަސީރަށް އައު ކެބިނެޓުގައި މަޤާމެއް ދެއްވައިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް