N/A
ކެބިނެޓްގެ 10 ވަޒީރަކު މަގާމު ދޫކޮށްލައި ސަރުކާރު ހީނަރުވެފައިވާ ދަނޑިވަޅެއްގައި، ހުރިހާ ޕާޓީތައް ހިމެނޭ އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
ނަޝީދު X ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކެބިނެޓާ ދެކޮޅަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ދެކޮޅަށްވެސް ރައްޔިތުންގެ ނަޒަރު ބަދަލުވެފައިވާ ކަމަށެވެ. ސަރުކާރު ހިންގުމުގައި ދިމާވެފައިވާ ހީނަރުކަމުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވާން ފަށައިފި ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ގޮވާލެއްވީ ސަރުކާރުގެ ހިންގުމުގެ އޮނިގަނޑަށް ބޭނުންވާ އިސްލާހުތައް ގެނައުމަށާއި، މިނިވަންކަމާއި އިންސާފު ކަށަވަރުކޮށްދޭ ތެދުވެރި އިންތިހާބެއް ބޭއްވުމަށެވެ. ހުރިހާ ސިޔާސީ ޕާޓީތައް ހިމެނޭ ގޮތަށް އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށްވެސް ނަޝީދު ވަނީ ގޮވާލައްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް