N/A
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން މިއަދު ނުވަ ވަޒީރަކު އިސްތިއުފާ ދެއްވައިފިއެވެ.
އިސްތިއުފާ ދެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ހަލީލާއި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ހެލްތު ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމާއި ފެމިލީ ޑިވެލޮޕްމަންޓް ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި ލޯކަލް ގަވަމެންޓް ވަޒީރު އާދަމް ޝަރީފާއި އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ ވަޒީރު ޑރ. މަރިޔަމް މާރިޔާ އާއި ޔޫތު ވަޒީރު އިބްރާހީމް ވަޙީދު (އަސްވާޑް) އާއި ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް ވަޒީރު ޠޯރިޤް އިބްރާހީމާއި ހަޔާ އެޑިއުކޭޝަން ވަޒީރު ޑރ. ޢަލީ ޙައިދަރެވެ. ރައީސް އޮފީހުން މިކަން ކަށަވަރުކޮށްދެއެވެ.
މިއަދު ނުވަ ވަޒީރަކު އިސްތިއުފާ ދެއްވާފައިވާއިރު، އިއްޔެ ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޢާރިފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް