އިސްތިއުފާ ދެއްވި ވަޒީރުންގެ ޢަދަދު އަށަކަށް

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން މިއަދު އަށް ވަޒީރަކު އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ހަލީލާއި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ހެލްތު ވަޒ...

14 Apr 2026 | 08:56
N/A

N/A

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުން މިއަދު އަށް ވަޒީރަކު އިސްތިއުފާ ދެއްވައިފިއެވެ.

އިސްތިއުފާ ދެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ހަލީލާއި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި ހެލްތު ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމާއި ފެމިލީ ޑިވެލޮޕްމަންޓް ވަޒީރު ޑރ. ޢާއިޝަތު ޝިހާމާއި ލޯކަލް ގަވަމެންޓް ވަޒީރު އާދަމް ޝަރީފާއި އެގްރިކަލްޗަރު އެންޑް އެނިމަލް ވެލްފެއާ ވަޒީރު ޑރ. މަރިޔަމް މާރިޔާ އާއި ޔޫތު ވަޒީރު އިބްރާހީމް ވަޙީދު (އަސްވާޑް) އާއި ޓޫރިޒަމް އެންޑް އެންވަޔަރުމެންޓް ވަޒީރު ޠޯރިޤް އިބްރާހީމެވެ. ރައީސް އޮފީހުން މިކަން ކަށަވަރުކޮށްދެއެވެ.

މިއަދު އަށް ވަޒީރަކު އިސްތިއުފާ ދެއްވާފައިވާއިރު، އިއްޔެ ރައީސް އޮފީހުގެ މިނިސްޓަރު ޢަލީ ޢާރިފް ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް