ރިޔާސީ ބަޔާނަށް މައިނޯރިޓީން ރައްދު ދީފި : ބުނީ އެ ބަޔާނަކީ ކުރީ އަހަރުގެ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ޖަވާބު ދެއްވައި، އެ ބަޔާނުގެ މަގުސަދު ހާސިލްނުވާ ކަމަށް ވިދާ...

14 Apr 2026 | 06:26
މައިނޯރިޓީ ލީޑަރު ނާޒިލް ބަޔާން ރައްދު އިއްވަނީ - ފޮޓޯ: މަޖިލިސް

މައިނޯރިޓީ ލީޑަރު ނާޒިލް ބަޔާން ރައްދު އިއްވަނީ - ފޮޓޯ: މަޖިލިސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިއްވެވި ރިޔާސީ ބަޔާނަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހިމް ނާޒިލް ޖަވާބު ދެއްވައި، އެ ބަޔާނުގެ މަގުސަދު ހާސިލްނުވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގަވާއިދުގެ ދަށުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވަން ޖެހެނީ ސަރުކާރު ތަމްސީލުކުރާ ޕާޓީ ފިޔަވައި އެންމެ ގިނަ މެންބަރުން ނިސްބަތްވާ ޕާޓީގެ ޕާލަމެންޓްރީ ލީޑަރެވެ. މިވަގުތު އެ ޒިންމާ އޮތީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ނާޒިލަށެވެ.

ނާޒިލްގެ ޖަވާބުގައި ވިދާޅުވީ، ޤައުމުގެ މިހާރުގެ ހާލަތާއި އެ ހާލަތު ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ރައީސްގެ ބަޔާނުގައި ފާހަގަކުރައްވާފައި ނުވާ ކަމަށެވެ. ނާޒިލް ވިދާޅުވީ އެއީ ކުރީ އަހަރުވެސް އިއްވި ރިޔާސީ ބަޔާނުގެ ކުލަ ނެތް ކޮޕީއެއް ކަމަށެވެ.

ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކޮންމެ އަހަރަކު މަޖިލިސް ހުޅުވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަން ޖެހެއެވެ. މިއަހަރުގެ ރިޔާސީ ބަޔާން — ރައީސް މުޢިއްޒުގެ ތިން ވަނަ ރިޔާސީ ބަޔާން — އިއްވެވީ ފެބްރުއަރީ ފަސް ވަނަ ދުވަހުއެވެ. އެ ބަޔާނުގައި ދީނީ ދާއިރާއާއި ޤައުމިއްޔަތާއި އިޤްތިޞާދީ ދާއިރާއިން ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކާއި ކާމިޔާބީތައް ހިއްސާކުރެއްވިއެވެ. އޭގެ އިތުރުން ދަރަނި ދެއްކުމާއި ސަލާމަތީ ދާއިރާ ހަރުދަނާ ކުރުމާއި ޚާރިޖީ ސިޔާސަތާއި ބޯހިޔާވަހިކަމާއި އިޖްތިމާޢީ އަދި ޞިއްޙީ ދާއިރާއަށް ވެސް ތަފްޞީލީ ގޮތެއްގައި އަލިއަޅުއްވައިލެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް