N/A
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒް (ސީއެމްއެސް) އިން ބައިނަލްއަޤުވާމީ ފެންވަރުގެ ކޮލިޓީ މެނޭޖްމަންޓް ސެޓިފިކެޓެއް ކަމަށްވާ އައިއެސްއޯ 9001:2015 ރީ-ސެޓިފިކޭޝަން ހާސިލުކޮށްފައިވާ ކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.
ބިއުރޯ ވެރިޓާސް (ބީވީ) މެދުވެރިކޮށް މި ސެޓިފިކެޓް ހާސިލުކުރުމަށް ސީއެމްއެސް އިން ވަނީ ނޮވެމްބަރު 2025 ގައި ފުރިހަމަ އޮޑިޓަކާ ކުރިމަތިލައިފައެވެ. އެ އޮޑިޓުން ފާހަގަވި ކަންކަން އިސްލާހުކޮށް މިންގަނޑުތަކަށް ފެތުމާ ގުޅިގެން ދޫކުރި މި ސެޓިފިކެޓް 28 ނޮވެމްބަރު 2028 ގެ ނިޔަލަށް ދެމިއޮންނާނެއެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ދޭތެރެ ދޭތެރެއިން ކުރިއަށްދާ ސަވައިލެންސް އޮޑިޓްތަކުން ފާސްވާން ޖެހޭނެއެވެ.
އެމްއެންޔޫ އިން ބުނީ މިއީ ތައުލީމާއި ތަމްރީނު ދިނުމުގައި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް އެ ޔުނިވަރސިޓީން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކާމިޔާބީއެއް ކަމަށެވެ. މީގެ އިތުރުން މިއީ ޓްރާންސްޕޯޓް ވުޒާރާ އާއި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ) ގެ އެސްޓީސީޑަބްލިއު ކޮންވެންޝަންގެ ގަވާއިދުތަކަށް ސީއެމްއެސް އިން ފުރިހަމައަށް އަމަލުކުރާ ކަން ކަށަވަރުކޮށްދޭ ހެއްކެއް ކަމަށް ވެސް ޔުނިވަރސިޓީން ފާހަގަކުރިއެވެ.
މި ސެޓިފިކެޓާ އެކު ސީއެމްއެސް ވެގެން ގޮސްފައި ވަނީ ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ މެރިޓައިމް ތަމްރީނުދޭ މަރުކަޒަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް