N/A
ކަނޑުމަތީގައި ހާލުދެރަވި ފަސިންޖަރަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ގެންދިޔުމަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފިލިޕީންސްގެ 36 އަހަރުގެ ރައްޔިތަކު ބަލިވެ އެހީތެރިކަމަށް އެދިފައިވަނީ، މި މަހުގެ 13 ވަނަ ދުވަހުގެ ރޭ، މެލޭޝިއާއިން ނެދަލޭންޑަށް ދަތުރުކުރަމުންދިޔަ "ހަނޮއި އެކްސްޕްރެސް" ކޮންޓެއިނަރ ކެރިއަރުގައި ތިއްބައެވެ.
އިއްޔެ ވެސް ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ވަނީ މިފަދަ އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. ޕެނަމާއިން ސީޝެލްސްއަށް ދަތުރުކުރަމުންދިޔަ "އެމްއެސްސީ މެގްނިފިކާ" ފަސިންޖަރ ލައިނަރގައި ދަތުރުކުރި ފްރާންސްގެ 78 އަހަރުގެ ރައްޔިތެއްގެ ހާލު ދެރަވެ، ހޮސްޕިޓަލުގައި ފަރުވާދިނުމަށް ގެންދިޔުމަށް މިއަދު ހެނދުނު ވެސް ވަނީ ކޯސްޓްގާޑްގެ އެހީ ހޯދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް