ވޯޓާ ތީމް ޕާކުގައި ރޯވި ސަރަހައްދު - ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހަދަމުންދާ ވޯޓާ ތީމް ޕާކު ތެރޭގައި ހުރި ގަސްތަކެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓު ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުނީ މިއަދު ހެނދުނު 06:34 ހާއިރު ކަމަށެވެ. ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ހެނދުނު 07:39 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް