މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހަކު ބުނީ ވަޒީފާ ހޯދީ ވަރަށް ހާލުން ކަމަށް - ބަންދުކޮށްފިނަމަ ވަޒީފާ ގެއްލިދާނެ ކަމަށް

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، ވަޒީފާ ލިބުނީ ވަރަށް އުނދަގުލުން ކަމަށާއި ބަންދަށް ލައިފި ނަމަ ވަޒީފާ ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ޝަރުޠުތަކާ އެކު ...

14 Mar 2026 | 17:11
މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްްޔާރުކޮށްފައިވާ ފޮޓޯއެއް -

މަންޒަރު ސިފަކޮށްދިނުމަށް ދުވަސްގެ ގްރެފިކްސް ޓީމުން އޭއައި މެދުވެރިކޮށް ތައްްޔާރުކޮށްފައިވާ ފޮޓޯއެއް -

މަސްތުވާތަކެތި ގެންގުޅެ ބޭނުންކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު، ވަޒީފާ ލިބުނީ ވަރަށް އުނދަގުލުން ކަމަށާއި ބަންދަށް ލައިފި ނަމަ ވަޒީފާ ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ބުނެ، ޝަރުޠުތަކާ އެކު ދޫކޮށްލައިދިނުމަށް ކޯޓުގައި އެދިއްޖެއެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ ގއ. ކޮލަމާފުށި، ޕޫލްވާދީ، އިސްމާޢީލް ހޫދު ސަލީމް (28އ) އެވެ. މީނާ މިހާރު ދިރިއުޅެނީ މާލޭގައެވެ. މީނާ ބުނެފައިވަނީ މީނާއަކީ މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ މީހެއް ނޫން ކަމަށާއި، ފެނުނު ތަކެއްޗަކީ ބޯން ގެންގުޅުނު ތަކެތި ކަމަށެވެ.

މީނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ސީންގައި ހަރަކާތްތެރިވި ފުލުހުންގެ ބަޔާނާއި، މީނާގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ ޓީއެޗްސީ އަށް ފޮޒިޓިވްވެފައިވާ ކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް