N/A
ހިޖާޒު ކުންފުނިން ޢުމްރާ އަށް ގޮސް ހުރި ދިވެހި ރައްޔިތަކު މައްކާގައި މިރޭ ނިޔާވެފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ނިޔާވެފައިވަނީ ގދ. ނަޑައްލާ، ޢަލީ އިބްރާހީމް ދީދީ ކަމަށެވެ.
ޢަލީ އިބްރާހީމް ދީދީގެ ޖަނާޒާ މާތް ވެގެންވާ ޙަރަމްފުޅުގައި މިރޭ ފަތިސް ނަމާދަށް ފަހު އޮންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް