އައްޑޫ ހިތަދޫއިން މަރުވެފައި އޮއްވާ ފެނުނީ އޮސްޓްރޭލިއާ ރައްޔިތެއް

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މިއަދު ހަވީރު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ކަށަވަރުވެއްޖެ ކަމަށް ފުލުހުން ބުނެފި...

13 Mar 2026 | 19:53
N/A

N/A

އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މިއަދު ހަވީރު މަރުވެފައި އޮއްވާ ފެނުނީ އުމުރުން 60 އަހަރުގެ އޮސްޓްރޭލިއާ ރައްޔިތެއް ކަމަށްވާ ޑެނިއަލް ޑީ ޖިއޮވީން ކަން ކަށަވަރުވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

ޑެނިއަލް ޑީ ޖިއޮވީން އަކީ ވޯކް ވިސާގެ ދަށުން ދިވެހިރާއްޖޭގައި އުޅެމުންދިޔަ މީހެއް ކަމަށް ފުލުހުން ބުނެއެވެ. މިއަދު ހަވީރު 16:41 ހާއިރު އެ ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން ފުލުހުންނަށް ރިޕޯޓުކުރުމާއެކު، ފުލުހުން ވަނީ އެ މީހާގެ ހަށިގަނޑު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.

މި މަރުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް