އަމިއްލަ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ހެޔޮ އެދޭ ފަރާތަކުން ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ. އެ މިސްކިތް ހުޅުވުމަށްޓަަކައި މިއަދު އިހަވަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މިސްކިތް ހުޅުވައިދެއްވީ އ...

14 Feb 2026 | 17:42
އަމިއްލަ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވަނީ/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އަމިއްލަ ފަރާތެއްގެ އެހީގައި އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވަނީ/ ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހެޔޮ އެދޭ ފަރާތަކުން ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފިއެވެ.

އެ މިސްކިތް ހުޅުވުމަށްޓަަކައި މިއަދު އިހަވަންދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، މިސްކިތް ހުޅުވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. އެ މިސްކިތް ހުޅުވައިދެއްވުމަށްފަހު މިނިސްޓަރު ވަނީ އެ މިސްކިތުގައި އިމާމުވެ މަޣުރިބު ނަމާދުކުރައްވާފައެވެ.

މި މިސްކިތަކީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރެވުނު މިސްކިތެކެވެ.

އެއް ފަންގިލާ ހިމެނޭ މި މިސްކިތަކީ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ރަމަޟާން މަހުގެ ކުރިން އަށް މިސްކިތެެއް ހުޅުވުމަށް އިސްލާމިކް މިނިސްޓްރީން އަމާޒު ހިފާފައިވާއިރު، މީގެ ތެރެއިން ބައެއް މިސްކިތްތައް މިހާރު ވަނީ ރަސްމީކޮށް ހުޅުވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް