އަލިފާން ރޯވެ އަޑިއަށްދިޔަ ދޯނިން ބައެއް ތަކެތި އޮޔާދާތީ ސަމާލުވާން އެދެފި

ކ. ދޫނިދޫ ކައިރިން 15 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންނެލި މަސްދޯންޏެއްގައި މިއަދު ރޯވެ، ދޯނި އަޑިއަށް ގޮސްފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސ...

14 Feb 2026 | 14:47
އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

އަލިފާން ނިއްވުމުގައި ސިފައިން ހަރަކާތްތެރިވަނީ - ފޮޓޯ: އެމްއެންޑީއެފް

ކ. ދޫނިދޫ ކައިރިން 15 މީހުންނާ އެކު ދަތުރުކުރަމުން ދިޔަ "ފްރެޝް ފްރޮމް ދަ ސީ" ނަމަކަށް ކިޔާ ކަންނެލި މަސްދޯންޏެއްގައި މިއަދު ރޯވެ، ދޯނި އަޑިއަށް ގޮސްފައިވާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ ދޯނި އަޑިއަށް ދިޔުމާ ގުޅިގެން، ދޯންޏާއި ދޯނީގައި ހުރި ބައެއް ތަކެތި ކ. ދޫނިދޫގެ ހުޅަނގު އުތުރުން 0.38 ނޯޓިކަލް މޭލު ބޭރުން އޮޔާ ދާ ކަމަށެވެ. އެ ތަކެތި އޮޔާ ދާ ކަމަށް ލަފާ ކުރެވެނީ ހާދިސާ ހިނގި ސަރަހައްދުން ފެށިގެން ދެކުނަށް ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި ފަސް މީހަކު ފިހިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ތިން ބިދޭސީއެކެވެ. ފިހުނު މީހުން މާލެ ގެނެސް ފަރުވާ ދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ދޯނީގައި ފުރަތަމަ ރޯވީ އިންޖީނާ ދިމާލުންނެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި މުޅި ދޯންޏަށް އަލިފާންގަނޑު ފެތުރުނީއެވެ. ކޯސްޓް ގާޑުގެ އުޅަނދެއް ގޮސް ދޯންޏަށް ފެންޖަހައި އަލިފާން ނިއްވައިލި ނަމަވެސް ދޯނި ވަނީ އަޑިއަށް ގޮސްފައެވެ. ރޯވާން ދިމާވި ސަބަބެއް އަދި ނޭނގެއެވެ.

އެމްއެންޑީއެފުން ވަނީ ޚާއްޞަކޮށް ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ވެސް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް