ރޯދަ ޕްރޮމޯޝަންގެ ނަމުގައި ސްކޭމް ހިންގާތީ ސަމާލުވާން އެދިއްޖެ

ރޯދަ ޕްރޮމޯޝަންގެ ނަމުގައި ސްކޭމް ހިންގާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުންގެ ސީނިއަރ ސާރޖެންޓް ޢަބްދުﷲ ޝަހުނީޒް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއ...

14 Feb 2026 | 14:44
.

.

ރޯދަ ޕްރޮމޯޝަންގެ ނަމުގައި ސްކޭމް ހިންގާތީ އެކަމަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އިލްތިމާސްކޮށްފިއެވެ.

ފުލުހުންގެ ސީނިއަރ ސާރޖެންޓް ޢަބްދުﷲ ޝަހުނީޒް ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ސްކޭމަރުން ދަނީ ތަފާތު އުކުޅުތައް ބޭނުންކޮށްގެން ސްކޭމްތައް ހިންގަމުން ކަމަށެވެ.

މިދިޔަ ހަފުތާގައި އެކަނިވެސް 48 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، 230،020 ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ޝަހުނީޒް ވަނީ ވިދާޅުވެފައެވެ.

އޮންލައިންކޮށް ހިންގާ ސްކޭމްތައް އިތުރުވަމުން އަންނަކަން ފާހަގަކުރައްވާ ޝަހުނީޒު ވިދާޅުވީ ރުފިޔާ ދެއްކުމުން މުދާ ފޯރުކޮށްނުދިނުމާއި، ފޭކު އޮންލައިން ޝޮޕްތައް ހިންގުމުގެ އިތުރުން ބޮޑެތި ޑިސްކައުންޓުތަކުގައި މުދާ ވިއްކާ ކަމަށް ހުންނަ ޕޯސްޓްތައް ހިމެނޭ ކަމަށެވެ.

މިގޮތުން ފޭސްބުކް މާކެޓް ޕްލޭސް، އިންސްޓަގުރާމާއި އެހެނިހެން މީސްމީޑީއާ ޕްލެޓު ފޯމުތަކުގައި އަސްލު ވިޔަފާރީގެ ނަމުގައާއި، ސްކޭމް ކުރުމަށް ފޭކް ވިޔަފާރި ޕޭޖުތައް ހަދާ، ހިނގާ ކަމަށް ޝަހުނީޒް ވިދާޅުވިއެވެ.

ޝަހުނީޒު ވަނީ ވަކިން ޚާއްޞަކޮށް ސްކޭމް ހިންގާ 3 ނަމެއް ފާހަގަކުރައްވާފައެވެ. އެއީ ޕޮޝް، ލިޕްޓަސް އަދި ޑެކް އެވެ.

އެހެންކަމުން ވިޔަފާރިއަކާ ގުޅޭގޮތުން ކޮންމެހެން އެންގެން ޖެހޭ މަޢުލޫމާތު ފުރިހަމަ ކުރުމާ، އިތުރު ހަރަކާތެއް ކުރިޔަށް ގެންދާނަމަ ރަސްމީ ޕޭޖުގައި ޙިއްސާ ކުރުމަށް ޝަހުނީޒު ވަނީ އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް