N/A
2024 ވަނަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު ނިމިދިޔަ
2025 ގެ ޑިސެމްބަރުގައި ޑެންގޫ ހުން 490 ޕަސެންޓު އިތުރު ކަމަށް ދައްކައިފިއެވެ.
އެކަން ހާމަވެފައިވަނީ ހެލްތު ޕްރޮޓެކްޝަން
އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ "ރޯގާގެ ގޮތުގައި ފެތުރެމުންދާ
ބަލިތަކުގެ އަދާހަމަ – ޑިސެމްބަރު 2025" ގައި ހާމަކޮށްފައިވާ ތަފާސް
ހިސާބުތަކުންނެވެ.
އެގޮތުން ޑިސެމްބަރު 2024 ގައި ޑެންގޫ ހުން ރެކޯޑު
ކުރެވުނު އަދަދަކީ 70 ކަމުގައިވާއިރު ޑިސެމްބަރު 2025 ގައި އެ އަދަދު ވަނީ 413
އަށް އަރާފައެވެ. އެއީ 490 ޕަސެންޓުގެ އިތުރުވުމެކެވެ.
އެ އަދާހަމައިގެ އިތުރު ބައެއް ތަފްސީލުތަކަށް
ބަލައިލާއިރު އަރިދަފުސް ރޯގާ ކުރީ އަހަރުގެ ޑިސެމްބަރާ އަޅާ ބަލާއިރު މަދުކަން
ފާހަގަކުރެވެއެވެ. އެހެންނަމަވެސް ބޭރަށް ހިންގުން އިތުރުވެފައިވާކަންވެސް
ފާހަގަކުރެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް