މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޅ. ހިންނަވަރުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު...

13 Jul 2026 | 16:06
N/A

N/A

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ޅ. ހިންނަވަރުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު ބޮޑުކެކުރިގެ، އާދަމް ޢަބްދުލްޢަޒީޒް (32 އ.) ކަމަށެވެ. އޭނާ ހައްޔަރުކުރީ 12 ޖުލައިގައި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހިންނަވަރު ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

އެ އޮޕަރޭޝަނުގައި އެ ރަށު ގެއަކުން އޭނާ ހުއްޓުވައި ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް