ގަތަރު ކުރީގެ އަމީރު އަވަހާރަވުމުން ތައުޒިޔާ ވިދާޅުވާން ރައީސް އެ ގައުމަށް ވަޑައިގެންފި

ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގަތަރަށް ވަޑައިގެންފި އެވެ. ރައީސް އޮފީހުން ބުނީ...

13 Jul 2026 | 07:27
ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް

ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގަތަރަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު މިއަދު ހެނދުނު ގަތަރަށް ފުރާވަޑައިގެންފައިވާ ކަމަށެވެ. މި ދަތުރުފުޅަކީ އިއްޔެ އަވަހާރަވި ގަތަރުގެ ކުރީގެ އަމީރު ޝައިހު ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން ގަތަރުގެ މިހާރުގެ އަމީރު ޝައިހު ތަމީމް ބިން ހަމަދު އަލް ސާނީ އަށާއި އެ ގައުމުގެ ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށާއި އެ ބޭފުޅުންގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ގަތަރު ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ޝާހީ އާއިލާއަށް ތައުޒިޔާ ވިދާޅުވުމަށް އެހެން ބައެއް ގައުމުތަކުގެ ވެރިން ވެސް ގަތަރަށް ވަޑައިގެންފައިވެ އެވެ.

ޝެއިހް ހަލީފާ އަވަހާރަވީ އިއްޔެގެ ވަގުތެއްގައި އެވެ.

ޝައިޚް ހަމަދަކީ 1995 އިން 2013 އަށް ގަތަރު ހިންގެވި ބޭފުޅާއެވެ. ހަކަތައިގެ ގޮތުން މުއްސަނދި މި ޤައުމުގެ ބޮޑެތި އުއްމީދުތަކުގެ މައިގަނޑު ބާނީއަކީ ވެސް އެމަނިކުފާނެވެ.

އެމަނިކުފާނުގެ ވެރިކަމުގެ ދައުރުގައި ގަތަރުން އިޤުތިޞާދީ އިޖުތިމާޢީ އަދި ސަގާފީ ތަރައްޤީ ފެނިފައިވެއެވެ. މި ތަރައްޤީގެ ސަބަބުން ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ގަތަރުގެ ދަރަޖަ އިތުރަށް ވަރުގަދަވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް