ބެންކޮކްގެ ޕަބެއްގައި އަލިފާން ރޯވެ 27 މީހުން މަރުވެއްޖެ

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މަޝްހޫރު ޕަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 27 މީހަކު މަރުވެ، 63 މީހަކު ޒަޚަމްވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ މަޝްހޫރު ޗަޓޫޗަކް ވީކެންޑް މާކެޓާ ކައިރީގަ...

13 Jul 2026 | 03:17
N/A

N/A

ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި މަޝްހޫރު ޕަބެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 27 މީހަކު މަރުވެ، 63 މީހަކު ޒަޚަމްވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މަޝްހޫރު ޗަޓޫޗަކް ވީކެންޑް މާކެޓާ ކައިރީގައި ހުންނަ ޕަބެއްގައެވެ. ޒަޚަމްވި މީހުންގެ ތެރެއިން ގިނަ ބަޔަކަށް ސީރިއަސް ޒަޚަމްތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ، އެ ޕަބުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ރައްކާތެރިކަމާއެކު ބޭރަށް ނުކުމެވޭނެ ފުދޭވަރުގެ މަގުތަކެއް ހުރިތޯ ބަލައި، ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް