މީދޫ ކައުންސިލް ރައީސްކަން ބޮޑު ތަފާތަކުން ސުހާ ކާމިޔާބުކުރައްވައިފި

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިތުރު ބުރުގައި، ބޮޑު ތަފާތަކުން ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް މިއަދު ކާމިޔާބުކުރައްވައިފިއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ އިބްރާހީމަށް 529 ވޯ...

13 Jun 2026 | 17:34
އިންތިޚާބު ކާމިޔާބު ކުރެއްވި ސުހާ -

އިންތިޚާބު ކާމިޔާބު ކުރެއްވި ސުހާ -

ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިތުރު ބުރުގައި، ބޮޑު ތަފާތަކުން ޕީއެންސީގެ ކެންޑިޑޭޓު ސުހާ އިބްރާހީމް މިއަދު ކާމިޔާބުކުރައްވައިފިއެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ސުހާ އިބްރާހީމަށް 529 ވޯޓު ލިބުނެވެ. އޭނާއާ ވާދަކުރެއްވި މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ކެންޑިޑޭޓު މުޙައްމަދު ޝާހިދަށް ލިބުނީ 449 ވޯޓެވެ. މި އިންތިޚާބުގައި ޖުމްލަ 985 މީހުން ވޯޓުލިއެވެ.

މި އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން ތިން ފޮށި ބަހައްޓާފައިވެއެވެ. މީދޫގައި ވޯޓުލުން ކުރިއަށްދިޔައީ ދ. އަތޮޅު މަދުރަސާގައެވެ. އެ މަދުރަސާގައި ދެ ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ވޯޓުލާން ދަރުމަވަންތަ ސްކޫލުގައި އެއް ފޮށި ބަހައްޓާފައިވެއެވެ. ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 1049 މީހަކަށް ލިބިފައިވެއެވެ. އޭގެ ތެރެއިން މީދޫގައި ވޯޓުލާން 587 މީހުން ތިބިއިރު، މާލޭގައި ވޯޓުލާން 462 މީހުން ރަޖިސްޓްރީވިއެވެ.

ކައުންސިލް ރައީސްގެ މަޤާމަށް އިތުރު ބުރެއް ނަގަން ޖެހުނީ، 2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެ ރަށުގައި ބެހެއްޓި ދ. މީދޫ-2 ނަންބަރު ފޮށީގެ މީދޫ ދާއިރާގެ ވޯޓު ކަރުދާހެއް ސައްޙަ ކަމަށް ކޯޓުން ޙުކުމްކުރުމާ ގުޅިގެންނެވެ. އެ ޙުކުމާ އެކު، ކައުންސިލް ރައީސްގެ މަޤާމަށް އިންތިޚާބުކުރަން ޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް