ހައިވޭގައި ސައިކަލެއް ކަހާލައި ޕިކަޕެއްގެ ދަށުވެ މީހަކު ނިޔާވެއްޖެ

ހުޅުމާލެ-މާލެ ހައިވޭ ގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައި، ޕިކަޕެއްގެ ދަށުވެ، މީހަކު ނިޔާވެއްޖެއެވެ. ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 10:12 ހާއިރު ކަމަށެވެ. އެކްސިޑެންޓު ...

13 May 2026 | 18:06
N/A

N/A

ހުޅުމާލެ-މާލެ ހައިވޭ ގައި ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައި، ޕިކަޕެއްގެ ދަށުވެ، މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިރޭ 10:12 ހާއިރު ކަމަށެވެ. އެކްސިޑެންޓު ހިނގާފައި ވަނީ ހައިވޭގެ، ހުޅުމާލެ އިން މާލެ އަށް ދަތުރުކުރާ ފަޅި، އެއާޕޯޓު ލައިޓް ކައިރިންނެވެ.

ފުލުހުން ބުނީ، މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަޙައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވުމުން ކަމަށާއި، މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެފައި ވާ ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް