N/A
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރުގެ ހިތަދޫ އުތުރު ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން، ޖޫން ހައެއްގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
އެ ގޮނޑި ހުސްވެފައިވާ ކަމަށް ކަނޑައެޅީ ސުޕްރީމް ކޯޓުގެ ނަންބަރު 2025/SC-C/01 ޤަޟިއްޔާއިންނެވެ. ބައި-އިލެކްޝަނަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް މާދަމާ ހެނދުނު 10:00 އިން ފެށިގެން އެޕްރީލް 29 ވާ ބުދަ ދުވަހުގެ 15:00 ގެ ނިޔަލަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވައިލައިފައެވެ. ފޯމު ހުށަހެޅޭނީ ކޮމިޝަނުގެ އީމެއިލް މެދުވެރިކޮށް ނުވަތަ ކޮމިޝަނުގެ މައި އިދާރާ، ޕޯޓް ކޮމްޕްލެކްސްގެ ފަސް ވަނަ ފަންގިފިލާއަށް ޙާޟިރުވެގެންނެވެ.
ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ ޖޫން ހައެއް ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައި ވަނީ ޖޫން އަށެއް ވާ ހޯމަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް