އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު މީހާ ނިޔާވެއްޖެ

މާލޭގެ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވި ބިދޭސީ މީހާ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މިދިޔަ ހުކުރު ދުވަހު އިރުއޮއްސޭހާއިރު ހިނގި މި ހާ...

13 Apr 2026 | 15:04
N/A

N/A

މާލޭގެ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވި ބިދޭސީ މީހާ، ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު އިރުއޮއްސޭހާއިރު ހިނގި މި ހާދިސާގައި ވެއްޓިފައި ވަނީ ބަންގްލަދޭޝްގެ 30 އަހަރުގެ ފިރިހެނެކެވެ. އޭނާ ވެއްޓުނީ މާފަންނު ސަބުދެލިމަގުގައި ހުންނަ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ.

ފުލުހުން ބުނީ އެ މީހާ ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ކަމަށެވެ. އާއިލާއިން އެދިގެން އޭނާގެ ހަށިގަނޑު ބަންގްލަދޭޝްއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް