N/A
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މާޗް މަހުގެ ގައިންގަޔަށް އަރާ ބަލިތަކުގެ ރިޕޯޓުން ދައްކާ ގޮތުގައި، ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗް މަހު ޑެންގީ ހުމުގެ ކޭސްތައް އިތުރުވެ، އެންމެ މަތީ ރޭޓް ރެކޯޑްކޮށްފައި ވަނީ ވ. އަތޮޅުންނެވެ.
މާޗް މަހު ޖުމްލަ 535 ޑެންގީ ކޭސް ރިޕޯޓުކޮށްފައިވާ އިރު، މިއީ ފެބްރުއަރީ މަހުގެ 428 ކޭސްއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ އިތުރުވުމެކެވެ. ކޮންމެ 10،000 މީހުންގެ ނިސްބަތުން ބަލާއިރު ޑެންގީ އެންމެ ބޮޑަށް ފެތުރިފައި ވަނީ ވ. އަތޮޅުގައެވެ. އެ އަތޮޅުން 69 ރެކޯޑްކޮށްފައިވާ އިރު، ދެން އެންމެ މައްޗަށް ރެކޯޑްކޮށްފައި ވަނީ ކ. އަތޮޅުން 58، އއ. އަތޮޅުން 50، ބ. އަތޮޅުން 41 އަދި ޅ. އަތޮޅުން 39 އެވެ.
ނަމަވެސް އެހެން ބަލިތައް ވަނީ ފެބްރުއަރީ މަހާ އަޅާބަލާއިރު ދަށަށް ގޮސްފައެވެ. އަރިދަފުސް ރޯގާ 25,010 އިން 20,761 އަށް ދަށްވެފައިވާ އިރު، ބޭރަށް ހިންގުމާއި ހޮޑުލުން 8,629 އިން 4,441 އަށް ދެގުނަ ދަށްވެފައިވެއެވެ. ވައިރަލް ހުން ވެސް 9,482 އިން 9,126 އަށް ދަށްވެފައިވެއެވެ.
ވައިރަލް ހުމުގެ ރޭޓް ކޮންމެ 10,000 މީހުންގެ ނިސްބަތުން އެންމެ މައްޗަށް ރެކޯޑްކޮށްފައި ވަނީ އއ. އަތޮޅުން 840 އެވެ. އަރިދަފުސް ރޯގާ އެންމެ މަތީ ރޭޓް ރެކޯޑްކޮށްފައި ވަނީ އދ. އަތޮޅުން 1,100 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް