ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި މީހަކު ހޯދަން ފުލުހުން ވީޑިއޯއެއް އާންމުކޮށްފި

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މީހަކު ދެނެގަތުމަށްޓަކައި، އެ މީހާ ފެންނަ ވީޑިއޯއެއް ދިވެހި ފުލުހުން މިއަދު އާންމުކޮށްފިއެވެ. މި މައްސަލައަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން...

13 Apr 2026 | 05:13
N/A

N/A

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ތަހުގީގަށް ބޭނުންވާ މީހަކު ދެނެގަތުމަށްޓަކައި، އެ މީހާ ފެންނަ ވީޑިއޯއެއް ދިވެހި ފުލުހުން މިއަދު އާންމުކޮށްފިއެވެ.

މި މައްސަލައަކީ ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މި ވީޑިއޯ އާންމުކުރީ އެއީ ކާކުކަން މިހާތަނަށް ދެނެގަނެވިފައި ނުވާތީއެވެ.

އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ އޭސީ މިލާންގެ އޮރެންޖު ކުލައިގެ ޖާޒީއަކާއި ނޫ ކުލައިގެ ޖީންސެއް ލައިގެން ހުރި މީހަކު ލިފްޓަކަށް އަރާ މަންޒަރެވެ. މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް 2 ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9393351 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

"މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވަން،" ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.

މީގެ ކުރިން ވެސް އެކި މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުން ހޯދުމަށް ފުލުހުން ސީސީޓީވީ ފުޓޭޖްތައް އާންމުކުރެއެވެ. މިގޮތަށް އާންމުކުރާ ފޮޓޯ އާއި ވީޑިއޯގެ އެހީގައި ގިނަ ބަޔަކު ދެނެގަނެވިފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް