ސޮނެވާ ޖާނީގައި ރޯވި އަލިފާން ނިއްވައިލެވުނީ ހަތް ގަޑިއިރުން - ތިން ބުރިއަށް ހަދާފައިވާ "ގެދަރިން" އިމާރާތް އަނދާ ހުލިވި

ނ. ސޮނެވާ ޖާނީ ރިސޯޓުގެ "ގެދަރިން" އިމާރާތުގައި ރޯވި ބޮޑު އަލިފާނުގެ ހާދިސާ، ހަތް ގަޑިއިރެއްހާއިރު ކުރި މަސައްކަތުން އެމްއެންޑީއެފް ނައިފަރު ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ. މި ހާދިސާގެ ރިޕޯޓް އެމްއ...

13 Apr 2026 | 02:12
N/A

N/A

ނ. ސޮނެވާ ޖާނީ ރިސޯޓުގެ "ގެދަރިން" އިމާރާތުގައި ރޯވި ބޮޑު އަލިފާނުގެ ހާދިސާ، ހަތް ގަޑިއިރެއްހާއިރު ކުރި މަސައްކަތުން އެމްއެންޑީއެފް ނައިފަރު ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 14:10 ހާއިރުއެވެ. ރިޕޯޓް ލިބުމާއެކު ސިފައިން ކުރި މަސައްކަތުން އަލިފާން އެއްކޮށް ނިއްވާލެވުނީ ރޭ 21:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވި "ގެދަރިން" އިމާރާތަކީ ތިން ބުރިއަށް ހަދާފައިވާ ތަނެކެވެ. މި ހާދިސާގައި އެ އިމާރާތުގައި ހުރި ރިސޯޓުގެ މުހިންމު ހުރިހާ ތަންތަނެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަން އެމްއެންޑީއެފުން ކަށަވަރުކޮށްދެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރުން ކައިރީގައި އޮތް ޝިޔާމް ވޯލްޑް އަދި ރަންދެލި ރިސޯޓުގެ ޓީމުތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގެ ރިސޯޓެއްގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. މި ހާދިސާގައި ލިބުނު މާލީ ގެއްލުމުގެ ތަފްސީލް އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް