މާފަންނު ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

މާލެ، މާފަންނު، ދަކަންދާމަގުގައި ހުންނަ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 13:01 ހައިކ...

13 Mar 2026 | 09:46
N/A

N/A

މާލެ، މާފަންނު، ދަކަންދާމަގުގައި ހުންނަ ގެއެއްގައި މީހަކު ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރު 13:01 ހައިކަންހާއިރު ކަމަށެވެ. ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސ. ހުޅުދޫ، ތޯތާޕަރީ، މުޙައްމަދު ނިޒާރު (54އ) ކަމަށް ފުލުހުން ބުނެއެވެ.

މުޙައްމަދު ނިޒާރު ނިޔާވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތް ކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަޙުޤީޤަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް