އިގުބާލު އެހެން ޑިންގީއަކަށް ނަގާފައި - ކްރޮޕްޑް ފޭސްބުކް ފޮޓޯ: އެއްކަލަ އަންވޭ
ރ. ވާދޫން އެކަނި ކުޑަ ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މީހާ ހެޔޮ ހާލުގައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދިޔައީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލެވެ. އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވައެވެ. އޭނާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނިކުތް ބަޔަކަށް ކަމަށް ފުލުހުން ބުނެއެވެ.
އިޤްބާލް ކަނޑުމައްޗަށް ނިކުމެފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަންޏެވެ. އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ ރޭ 20:48 ހާއިރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް