N/A
ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކޮމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި، ދިގުރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އަށް ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން ފަސް މީހަކު ނިޔާވެއްޖެއެވެ.
ހާދިސާގައި ބޮޑަށް ފިހިގެން ސީރިއަސް ހާލުގައި ތިބި ދެ މީހަކު، އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފައިވެއެވެ. ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ފަތިހު 2:00 ހާ ވަގުތެވެ. ރޯވި އަލިފާން ފަހުން ވަނީ ނިއްވާލާފައެވެ.
ހާދިސާ ތަހުގީގުކޮށް ހާލަތު ބެލުމަށް، ޑޮކްޓަރަކު ހިމެނޭ ހާއްސަ ޓީމެއް މާލެއިން ދިގުރަށަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް