ސައުދީ އަރަބިއްޔާގައި ތާށިވެފައި ތިބި 50 އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ޓްރާންސިޓް ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ސައުދީ އަރަބިއްޔާގައި ތާށިވެފައި ތިބި 50 އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކ...

12 Mar 2026 | 20:52
N/A

N/A

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން ޓްރާންސިޓް

ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ސައުދީ އަރަބިއްޔާގައި ތާށިވެފައި ތިބި 50

އުމްރާވެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމިކް

މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މަސްރަހު މޮނިޓަރ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.

މުހައްމަދު މުއިއްޒު އުފެއްދެވި ކެބިނެޓްގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ

ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، އެ

އުމްރާވެރިންނަށް ރާއްޖެ ނާދެވިފައިވަނީ އެމީހުން ދަތުރުކުރަން ހަމަޖެހިފައި އޮތް

އެއާލައިންގެ ފްލައިޓްތައް ކެންސަލްވުމާ ގުޅިގެން ކަމަށެވެ.

އަދި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާ ގުޅިގެން ގައުމީ

އެއާލައިން "މޯލްޑިވިއަން" ގައި އެމީހުން ރާއްޖެ ގެނައުމުގެ

އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެއާލައިނަކުން

ފްލައިޓްތައް ކެންސަލް ކުރުމާ ގުޅިގެން 50 އުމްރާވެރިއަކަށް ރާއްޖެ ނާދެވި

ދަތިތަކާ ކުރިމަތިވެފައިވާ ކަމުގެ މައުލޫމާތު މިއަދު ވަނީ ލިބިފައި،" ޝަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން

ރާއްޖެއިން ސައުދީއަށް ފުރަން ހަމަޖެހިފައި ތިބި ބައެއް އުމްރާވެރިންނަށް ދިމާވި

ދަތިތައްވެސް ސަރުކާރުން ހައްލުކޮށްދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ސަރުކާރުން ފްލައިޓެއް ޗާޓަރުކޮށްގެން

އެ އެންމެން އުމްރާއަށް ފޮނުވައިދީފި،" އެނާ

މިނިސްޓަރު ވިދާޅުވީ ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން

ކުރިން ފުރޭގޮތް ނުވި އުމްރާވެރިންވެސް މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި

މިހާރު ފޮނުވާލެވިފައިވާ ކަމަށެވެ.

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ

ސަބަބުން މިއަހަރުގެ ހައްޖުގެ ތައްޔާރީތަކަށް އެއްވެސް އަސަރެއް ކުރާނެ ކަމަށް

ލަފާނުކުރެވޭ ކަމަށްވެސް މިނިސްޓަރު ޝަހީމް ފާހަގަކުރެއްވިއެވެ.

"ހައްޖާ ގުޅޭ ކަންކަމުގައި، މި ހިނގާ

ކަންތައްތަކުގެ ސަބަބުން އެއްވެސް ބުރޫއެއް އަރާފާނެ ކަމުގެ ނިޝާނެއް އަދި ނެތް.

ހައްޖާ ގުޅޭ ހުރިހާ ކަމެއްވެސް ދަނީ ވަރަށް ރަނގަޅަށް އިންތިޒާމު ކުރެވެމުން،"

އޭނާ ވިދާޅުވިއެވެ.

އިސްލާމީ ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ހައްޖު

ދުވަސް ދިމާވަނީ މެއި މަހުގެ 26 ވަނަ ދުވަހަށެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ހައްޖުގެ ތައްޔާރީތައް

އެންމެ ފުރަތަމަ ނިންމި ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށާއި،

ރާއްޖެއަށް ލިބުނު 1،000 ކޯޓާގެ ދަށުން ހައްޖަށްދާ ހުރިހާ ފަރާތްތަކުގެ ވިސާގެ

ކަންކަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ހައްޖާ ގުޅޭ އެހެނިހެން ހުރިހާ

އިންތިޒާމުތަކެއްވެސް މިހާރު ނިމިފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް