މީހެއްގެ އަތްންބެއްގެ ކައިރިއަށް ވަދެ އޮތް ފުލުހަކު ޒަޚަމްކޮށްލައިފި - ފުލުހުން ބުނީ އެއީ ރަސްމީ ޑިއުޓީ ނޫން ކަމަށް

ހުޅުމާލެ ފޭސް 2 ގައި، މީހެއްގެ އަތްންބެއްގެ ކައިރިއަށް ވަގަށް ވަދެ އޮތް ކަމުގެ ތުހުމަތުގައި ފުލުހަކަށް ބަޔަކު އަނިޔާދީ ޒަޚަމްކޮށްލައިފިއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ އެކު ބުނެފައި ވަނ...

12 Mar 2026 | 20:06
N/A

N/A

ހުޅުމާލެ ފޭސް 2 ގައި، މީހެއްގެ އަތްންބެއްގެ ކައިރިއަށް ވަގަށް ވަދެ އޮތް ކަމުގެ ތުހުމަތުގައި ފުލުހަކަށް ބަޔަކު އަނިޔާދީ ޒަޚަމްކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއާ އެކު ބުނެފައި ވަނީ ހިޔާ ފްލެޓުގެ އެޗް 15 ޓަވަރުގައި އުޅޭ މީހެއްގެ އަތްންބެއްގެ ކައިރިއަށް ވަގަށް ވަދެ އޮތް ނިޔާޒް ނަމަކަށް ކިޔާ ފުލުހަކު ހަވަރަށް ދީފައިވާ ކަމަށެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހާގެ މޫނުމަތީގައި ގިނަ ޢަދަދަކަށް ލޭ ފެންނަން ހުއްޓެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެ ފޭސް 2 ގައި ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލާފައިވާ މައްސަލައެއް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. ފުލުހުން ބުނީ އެ ހަމަލާގައި އަނިޔާވީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށެވެ. އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ވަށައިގެންވާ ކަންކަން ބަލަމުންދާ ކަމަށާއި، އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް