ގެއްލިގެން ހޯދަމުން އަންނަ މީހާ - ފޮޓޯ: ޕޮލިސް
ރ. ވާދޫން އެކަނި ކުޑަ ޑިންގީއެއްގައި ކަނޑުމައްޗަށް ނިކުތް މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ރ. ވާދޫ، ވިންޑްސްޓަރ، މުޙައްމަދު އިޤްބާލެވެ. އޭނާ ކަނޑުމައްޗަށް ނިކުމެފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައި ކުޑަ ޑިންގީއެއްގައި އެކަންޏެވެ. ދަތުރަށް ނިކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އޭނާ ގެއްލިފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭ 20:48 ހާއިރުގައެވެ.
ރިޕޯޓް ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށައިފައެވެ.
މުޙައްމަދު އިޤްބާލާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް