N/A
އިންޑިއާ އަދި އޮސްޓްރޭލިއާގެ މަންދޫބުންނާއެކު ކުރިއަރާފައިވާ
7 އިޤްތިޞާދު (ޖީ-7) ގެ ބައްދަލުވުމެއް މިއަދު ވޮޝިންޓަންގައި ބޭއްވުމަށް އެމެރިކާގެ
ޓްރެޝަރީ ސެކްރެޓަރީ ނިންމަވައިފިއެވެ.
އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް އިންތިޒާމު
ކުރައްވާ މި ބައްދަލުވުމަކީ ކްރިޓިކަލް މިނަރަލްސްއާއި، އެ ތަކެއްޗަށް ޗައިނާގެ މައްޗަށް
ބަރޯސާވުން ހުއްޓުމަށް ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ
ބައްދަލުވުމެކެވެ. މިދިޔަ ހޫނު މޫސުމުގައި ބޭއްވި ޖީ7 ގެ ލީޑަރުންގެ ސަމިޓަށްފަހު،
މިކަމާ ގުޅޭގޮތުން ވަކި ބައްދަލުވުމެއް ބޭއްވުމަށް ބާރުއަޅަމުންދާ ކަމަށް ބެސެންޓް
ވިދާޅުވިއެވެ. އަދި ފިނޭންސް މިނިސްޓަރުން މިދިޔަ ޑިސެމްބަރު މަހު ވަނީ ވާޗުއަލް ބައްދަލުވުމެއް
ބާއްވާފައެވެ.
އިންޑިއާގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނީ
އިލެކްޓްރޯނިކްސް އެންޑް އައި.ޓީ މިނިސްޓަރ އަޝްވިނީ ވައިޝްނޯ އެވެ. މީސްމީޑިއާގައި
ކުރެއްވި ޕޯސްޓެއްގައި، ތަރައްގީވެފައިވާ އިންޑިއާގެ ތަޞައްވުރު ހާސިލުކުރުމަށްޓަކައި،
މުހިންމު މަޢުދަނުތަކުގެ ސަޕްލައި ޗެއިންތައް ހިމާޔަތްކުރުމަކީ ކޮންމެހެން މުހިންމު
ކަމަށް ވައިޝްނޯ ވިދާޅުވިއެވެ.
ޖީ7 ގައި ހިމެނެނީ އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން،
ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީވިލާތް އަދި ކެނެޑާގެ އިތުރުން ވިލާތުގެ އިއްތިޙާދެވެ.
މީގެ ތެރެއިން ގިނަ ގައުމުތަކަކީ 'ރެއަރ އާތު' މައުދަންތައް ހޯދުމަށް ބޮޑުތަނުން ޗައިނާއަށް
ބަރޯސާވާ ގައުމުތަކެކެވެ. މި ގައުމުތަކުގެ ސަޕްލައި ޗެއިންތައް ރައްކާތެރިކުރުމަށާއި
އިގްތިސާދު ކުރިއެރުވުމަށްޓަކައި އެކްޝަން ޕްލޭނެއް އެކުލަވައިލުމަށް، މިދިޔަ ޖޫން
މަހު މި ގްރޫޕުން ވަނީ އެއްބަސްވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް